`
ތޮއްޑޫ ސުކޫލް
އއ.ތޮއްޑޫ
ތޮއްޑޫ ސުކޫލުގެ ތިމާވެށިކުލަބުގެ
އާންމު ޤަވާއިދު
ތަޢާރަފު
މިއީ
ތޮއްޑޫ ސުކޫލުގެ ތިމާވެށި ކުލަބުގެ އާންމު ޤަވާއިދެވެ.
ތިމާވެށި ކުލަބުގެ ނަން:- "ގްރީން ވޭވް" GREEN WAVE
ތިމާވެށިކުލަބު "ގްރީން ވޭވް" ރަސްމީކޮށް
އުފެއްދި ތާރީޚު:- 26 އެޕްރީލް 2011
ގްރީން ވޭވް ގެ ލޯގޯ:-
ގްރީން ވޭވް ގެ މަޤުޞަދު ތައް:-
o ތޮއްޑޫ ސުކޫލުގެ އެންމެހާ
ދަރިވަރުންނަކީ ތިމާވެއްޓާ މެދު އަޅާލާ ހޭލުންތެރި ކުދިބަޔަކަށް ހެދުން.
o ތޮއްޑޫ ސުކޫލަކީ ފެހި އަދި ތިމާވެއްޓާ
ރައްޓެހި އުސޫލުތަކެއް ގެންގުޅޭ ސުކޫލަކަށް ހެދުން.
o ތޮއްޑޫ ސުކޫލުން ނިމިގެން ނުކުންނަ
ކޮންމެ ދަރިވަރަކީ މުސްތަގުބަލުގައި ރަށާއި ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލޯބިކުރާ
އަދި ތިމާވެށީގެ މައްސަލަތަކުގައި ކަންބޮޑުވާ، ތިމާވެށީގެ މައްސަލަތައް
ހައްލުކުރުމުގައި ބައިވެރިވާ ދަރިވަރުން ތަކަކަށް ހެދުން.
o ތޮއްޑުއަކީ ދުޅަހެޔޮވެއްޓެއް
ލިބިފައިވާ ސާފު، ފެހި ރަށަކަށް ހެދުން.
o ރަށާއި،އަތޮޅާއި ރާއްޖޭން ނެތި
ދިޔުމުގެ ބިރު ހީވެފައިވާ ގަސްތައް ދިރުވާ އާލާކުރުމަށް މަސައްކަތް ކުރުން.
o ކުލަބު ޖަމިއްޔާ ތައް ހިންގުމުގެ
ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުން.
ގްރީންވޭވްގެ އަމާޒް:-
o ދަރިވަރުންނާއި ޓީޗަރުންނާއި
ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއިއެކު
ތޮއްޑުއަކީ ތިމާވެށީގެ މައްސަލަތައް މަދު ދިރިއުޅެންފަސޭހެ ހިތްގައިމު ރީތި ފެހި
ރަށަކަށް ހެދުމުގައި ކޮންމެ ދަރިވަރަކީ މުޖުތަމައުގެ ބައިވެރިއެއްގެ ގޮތުން ފަރުދީ
ޒިންމާ އުފުލާ ކުއްޖަކަށް ހެދުމެވެ
ގްރީންވޭވް ގެ ހިންގާ ކޮމިޓީ:
1. ކުލަބުގެ އިންޗާރޖު:- (ސުކޫލުން ކަނޑައަޅުއްވާ ބޭފުޅެކެވެ.)
2. ކުލަބުގެ ޑެޕިޔުޓީ އިންޗާރޖު:- (ސުކޫލުން ކަނޑައަޅުއްވާ ބޭފުޅެކެވެ.)
3. އެސިސްޓެންޓް ޑެޕިޔުޓީ އިންޗާރޖު :- (ސުކޫލުން ކަނޑައަޅުއްވާ ބޭފުޅެކެވެ.)
4. ކުލަބުގެ ރައީސް:- (ކުލަބުގައި ހިމެނޭ ކުލާސް މަންދޫބުންގެ ތެރެއިން،
ރައީސްކަމަށް އެދި ކުރިމަތިލާ ގްރޭޑް 9 އަދި 10ގެ ދަރިވަރުންގެ މެދުގައި ނެގޭ
ވޯޓަކުން އެމަގާމަށް ހޮވޭ ދަރިވަރެކެވެ.)
5. ކުލަބުގެ ނައިބު ރައީސް:- (ކުލަބުގައި ހިމެނޭ ކުލާސް މަންދޫބުންގެ ތެރެއިން
ނައިބުރައީސް ކަމުގެ މަގާމަށް އެދި ކުރިމަތިލާ ގްރޭޑް 9 އަދި ގްރޭޑް 10 ގެ
ދަރިވަރުންގެ މެދުގައި ނެގޭ ވޯޓަކުން އެމަގާމަށް ހޮވޭ ދަރިވަރެކެވެ.)
6. ކުލަބުގެ ސެކެޓްރީ:- (ކުލަބުގައި ހިމެނޭ ކުލާސް މަންދޫބުންގެ ތެރެއިން،
ސެކެޓްރީގެ މަގާމަށް އެދި ކުރިމަތިލާ ގްރޭޑް 7 ކުން މަތީގެ ދަރިވަރުންގެ މެދުގައި
ނެގޭ ވޯޓަކުން އެމަގާމަށް ހޮވޭ ދަރިވަރެކެވެ.)
7. ކުލާސް މަންދޫބުން:- 6 ކުން މަތީގެ ކޮންމެ ކުލާހަކުން ކުލާސް މަންދޫބުކަމުގެ
މަގާމަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން، ކުލާސް ކުދިންގެ މެދުގައި ނެގޭ
ސިއްރު ވޯޓަކުން އެމަގާމަށް ހޮވޭ ދަރިވަރުން. ( ކޮންމެ ކުލާހަކުން 1 ދަރިވަރު)
8. ވޯޓު ނަގާ އެއްވެސް މަގާމެއްގައި ދެ
ދަރިވަރުންނަށް އެއްވަރަށް ވޯޓު ލިބި އެއްވަރު ވެއްޖެނަމަ މަގާމަށް ކުއްޖަކު
އައްޔަން ކުރާނީ ދަރިވަރުން ( ކުލާސް ކުދިން ނުވަތަ މަންދޫބުން) ގެ ހާޟިރުގައި
ގުރުއަތުލައިގެންނެވެ.
ނޯޓް: ކުލަބުގެ ރަޢީސް އަދި ނައިބު ރައީސް ގެ ވޯޓުގައި
ވޯޓްލެވޭނީ ހަމަ އެކަނި ކުލާސް މަންދޫބުންނަށް އެކަންޏެވެ. އަދި ކުލާސް މަންދޫބުން
ހޮވުމުގައި ވޯޓުލެވޭނީ ހަމައެކަނި އެ މަންދޫބަކު ނިސްބަތްވާ ކުލާހެއްގެ ކުދިންގެ
މެދުގައެވެ.
ގްރީން މެންބާރސް
ގްރީން
މެންބަރުންނަކީ ތިމާވެށި ކުލަބުގެ މަސައްކަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ
އާދަ ވެގެން ޝައުގުވެރިކަމާއިއެކު ހަރަކާތް ތެރިވާ ކޮންމެ ދަރިވަރެކެވެ. މި ގޮތުން
އަޚުލާގު ރަނގަޅު ތިމާވެއްޓަށް ލޯބިކުރާ ގްރޭޑް
5ން މަތީގެ ކޮންމެ ދަރިވަރަކަށް ވެސް ގްރީން މެންބަރަކަށް ވެވިދާނެއެވެ. ގްރީން މެމްބަރުންނަށް އެކަން އަންގައިދިނުމުގެ ގޮތުން
ކާޑެއް ދެވޭނެއެވެ. މެމްބަރޝިޕް ދިނުމުގައި ގްރީން ވޭވްގެ މަންދޫބުކަމަށް
ކުރިމަތިލައި ނުހޮވުނު ދަރިވަރުންނަށް އިސްކަން ދެވޭނެއެވެ.
އަދި އެހެން ކުލަބެއްގެ މެމްބަރުންގެ ތެރެއިންވެސް
ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ގްރީންމެމްބަރަކަށް ވުމަކަށް މި ގަވާއިދު
ހުރަހެއްނާޅައެވެ.
މެންބަރޝިޕް ކާޑް ބޭނުންކުރެވޭނޭ ހާލަތްތައް
·
ހިންގާ ކޮމިޓީގައި ހިމެނޭ މެމްބަރުން ފިޔަވައި އެހެން ކުދިންނަށް ދޫކުރޭވޭ
ކާޑް ހުންނާނީ ތިމާވެށިކުލަބުގެ ބެލުމުގެ ދަށުގައެވެ.
·
ހިންގާ ކޮމިޓީގެ މެމްބަރުން ގެ ކާޑް ބަލަހައްޓާނީ އެދަރިވަރެކެވެ.
·
ކާޑް ބޭނުން ކުރެވޭނީ ތިމާވެށި ކުލަބުން ރާވާ ހިންގާ ހަރަކާތްތަކުގާ
އެކަންޏެވެ. ހަރަކާތެއް ނިމުމުން އާންމު މެންބަރުންގެ ކާޑް އަނބުރާ ކުލަބާ
ހަވާލުކުރަން ޖެހޭނެއެވެ.
·
ތިމާވެށި ކުލަބުގެ ކާޑް ކުލަބުން ހުއްދަ ނުދޭ ކަމެއްގާ ބޭނުން ކޮށްފިނަމަ
އެކާޑް އަތުލެވޭނެއެވެ.
ގްރީން ވޭވް ގެ ދައުރު
ތިމާވެށިކުލަބުގެ
ދައުރަކީ ކުލަބުގެ މަގުޞަދުތައް ހާސިލްކޮށް ކުލަބުގެ އަމާޒަށް ވާޞިލް ވުމަށްޓަކާ އިސްނަގައިގެން
ހަރަކާތްތައް ރާވާ ހިންގުމެވެ.
ކުލަބުގެ ހަރަކާތްތައް
ތިމާވެށި ކުލަބުން ރާވައި، އިންތިޒާމް ކޮށް ، ހިންގާ ކޮންމެ ހަރަކާތެއް ވެސް ވާންޖެހޭނީ ތިމާވެށީގެ ޢިލްމު މި މާއްދާ
ކިޔަވައިދެއްވުމުގައި ގައުމީ މުޤައްރަރުގައި ކަނޑައަޅުއްވާފައިވާ ތިރީގައި މިވާ
އަސާސް ތަކާ ގުޅުން ހުރި ޕްރޮގުރާމް ތަކަކަށެވެ.
o Awareness ހޭލުންތެރިކުރުވުން
o Knowledge އިލްމު
o Attitudes ދެކޭގޮތް
o Skills ހުނަރު
o Participation ބައިވެރިވުން
ގްރީން ފަނޑް
ގްރީން ފަންޑަކީ ތިމާވެށިކުލަބުގެ އެކިއެކި
ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ތިމާވެށި ކުލަބުން
އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު މުއްސަނދި ކުރުމުގެ އެންމެހާ ޕްރޮގުރާމްތައް
ރާވާ ހިންގާނީ ތިމާވެށިކުލަބުންނެވެ. މި ފަންޑުގާހުރި ފައިސާ ބަލަހައްޓާނީ
ސުކޫލުގެ ބަޖެޓް ސެކުޝަނުންނެވެ. ފައިސާ ޚަރަދު ކުރުމުގެ ކުރިން ކޮމިޓީން
ފާސްކުރަންޖެހޭނެއެވެ. ތިމާވެށި ކުލަބާ ގުޅުން ނެތް ނަމަވެސް ދަރިވަރުންނާއި
ސުކޫލުގެ ކުރިއެރުމަށް ކުރާ ކޮންމެ ކަމަކަށް ގްރީން ފަންޑުން
އެހީތެރިވެވިދާނެއެވެ.
އާދަމް އަފްޞަލް
( ގްރީންވޭވްގެ ވިލަރެސްވެރިޔާ)
No comments:
Post a Comment