flash banner

Home

Thoddoo located in 4.4382° N, 72.9593° E. well known as a large agricultural Island among the Islands of the republic of the Maldives. It produce large number of vegetable varieties, fruits and leaves.Once the Local Tourism was introduced, number of Gust Houses were established, and the tourism sector is rapidly developing day by the day. ECO friendly Gusts Houses, Chrystel clear beaches and fresh vegetables and fruits are the reason of " Why you Could Chose Thoddoo Island for your Holiday destination. any inquiry regarding study or environmental issues at Thoddoo please write us on grnwav@gmail.com

Wednesday, January 25, 2012

Speech Of Green Wave By D.Leader Hawwa Nafaahath


އައްސަލާމު އަލައިކުމް..
މި އުފާވެރި ހަފުލާގެ ޝަރަފުވެރިޔާ ސުކޫލް ބޯޑްގެ ޗެއަރ ޕާރސަން އަލްފާޟިލް އާދަމް މަޖީދު...، ސުކޫލްގެ ޕުރިންސިޕަލް އަލްފާޟިލް އަބުދުﷲ ރަޝީދު. ލޮބުވެތި ޓީޗަރުންނާއި ބެލެނިވެރިން... އެކުވެރި ދަރިވަރުން....
                       އައްސަލާމު އަލައިކުމް
އާދެ! މިރޭގެ ފުރަތަމަ ވާޖިބެއްކަމުގާ އަޅުގަނޑު ދެކެނީ މި އުފާވެރި ޤައުމީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރުން.....  މިރޭ އަޅުގަނޑު ވާހަކަ ދައްކަން ހަމަޖެހިފައިވަނީ ތޮއްޑޫ ސުކޫލްގެ ތިމާވެށިކުލަބު  "ގްރީންވޭވް" ގެ މަސައްކަތްތަކާ ބެހޭ ގޮތުން..... އާދެ!  2011 ވަނަ އަހަރު ތޮއްޑޫ ސުކޫލުން އުފަންވި މި ފެހި ރާޅު އޭގެއެންމެ  ބޮޑު މިނުގާ މިދަނީ ތޮއްޑޫގެ މައްޗައް ބިންދާލަން ތައްޔާރުވަމުން...... މި ފެހި ރާޅުގެ ސަބަބުން ތޮއްޑޫގެ ހުރިހާ ކުންޏެއް ދޮވެވި މުޅިރަށް އެކީ ފެހިވެގެން ދިޔުމަކީ މި ކުލަބުގެ އަމާޒު..... މި ދެންނެވި ފެހި ހަރަކާތުގެ އަސަރު މި ސުކޫލުގެ މާހައުލަށް ކުރަމުން ދާކަމާ މެދު ތިބޭފުޅުން ދެބަހެއް ނުވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން..... އަދި ހަމަ އެހެންމެ މި ހަރަކާތް ފުޅާވެ މި ހަރަކާތުގެ ހެޔޮ އަސަރު، މިއަދު މިވަނީ ތޮއްޑޫ ސުކޫލްގެ ގޭޓުން ބޭރުވެ، ރަށުގެ ހޭޅިފަށާ އަތިރިމަތި ދޫކޮށް އަތޮޅުގެ ރަށްތަކަށް ފެތުރެން ފަށާފައިކަން އަޅުގަނޑު އުފަލާއެކީ ފާހަގަ ކުރަން.....
މިފުރުޞަތުގައި ގްރީންވޭވްގެ ފާއިތުވެ ދިޔަ އަހަރުގެ މަސައްކަތްތަކަށް ނަޒަރު ހިންގާލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގާ އަޅުގަނޑުދެކެން.....
އެގޮތުން 2011 ވަނަ އަހަރު ކުލަބުގެ މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު 5 ބައެއްގެ މައްޗަށް.....  އެއީ
ތިމާވެއްޓަށް ހޭލުންތެރި ކުރުވުން، ތިމާވެއްޓަށް ލޯބިކުރުމުގެ އާދަޔާ ސިފަ ހަރުލެއްވުމުގެ ގޮތުން އަމަލީ މަސައްކަތް ކުރެވުން، ކުލަބު އިސްތިހާރު ކުރުމާ މައުލޫމާތު ފޯރުކޮށްދިނުން، ދޭދޭ ގުޅުން ބަދަހި ކުރުން ، އަދި ސުކޫލުގެ ކުރިއެރުމަށް އެހީތެރިވެދިނުން،،،،،
މިގޮތުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި 15 ޖުލައި 2011 ވަނަ ދުވަހުގެ ރޭ ބޭއްވުނު ގްރީން ވޭވް ގެ ޚާއްސަ ޖަލްސާގައި ވާނީ ތޮއްޑޫގެ ތިމާވެށީގެ ހާލަތު ދައްކުވައިދޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ދެއްކިފަ.....
އަދި ހަމަ އެހެންމެ ޕިކުނިކު ދާ ފަރާތް ތަކުން އަތިރި މައްޗާ ހޭޅިފަށަށް ރައްކާތެރި ވުމަށް ނަސޭހަތްތެރިވެ ތިމާވެށިކުލަބުން ވާނީ ރަށުގެ މީހުންދިރިއުޅޭ ގެތަކަށް ލިޔުމެއް ފޮނުވިފަ... މި ކަމުގާ ރަށުކައުންސިލްގެ ރައީސް އަދި ސުކޫލްގެ ޕްރިންސިޕަލް ގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބިދީފައިވާތީ އެކަން މިކުލަބުން ނުހަނު އުފަލާއެކު ފާހަގަ ކުރަން.......
އަދިވެސް ދަރިވަރުން ހޭލުންތެރިކުރުވުމުގެ ގޮތުން ތިމާވެށި ކުލަބުގެ ނޯޓިސް ބޯޑަށް ތަފާތު ލިޔުންތައް ވާނީ ނެރެވިފަ.......
ގްރީންވޭވް އިން 2011 ވަނަ އަހަރު ހިންގުނު އަމަލީ މަސައްކަތް ތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ " އެންމެ ފެހި އެންމެ ރީތި ރަށަކަށް-ތޮއްޑޫ" މިޝިއާރުގެ ދަށުން 16 ޖުލައި 2011 ވަނަ ދުވަހު ހިންގުނު އަތިރިމަތި ސާފުކުރުމުގެ ޕްރޮގުރާމް.... މި ޕްރޮގުރާމްގައި އަތިރިމަތީގެ ބޮޑު ސަރަހައްދެއް ސާފުކޮށް 4 ޕިކަޕުގެ ޕުލާސްޓިކު ފުޅިއާ ކޮތަޅު އަދި ދަގަނޑުފަދަ ބާވަތްތައް ވަނީ ނެގިފަ..... އަދި ސުކޫލްގާ ނާރސަރީ އެއް ހެދި އެނާސަރީގާ މުޑުވައްކޮށް މާގަސް ހައްދާ އެގަސްތަކުން ކުލަކުލައިގެ މާތައް މިއަދު މިވަނީ ސުކޫލުގެ ބެޑްތަކުގާ ފޮޅެންފަށާފަ.....
ކުލަބު އިޝްތިހާރުކުރުމާ މައުލޫމާތު ފެތުރުމުގެ ގޮތުން 2011 ވަނަ އަހަރު ގްރީންވޭވް އިން ވަނީ އާ ހަރުފަތް ތަކެއް ގިރާކޮށްފަ..... މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ 15 ޖުލައި 2011  ވަނަ ދުވަހުގެރޭ ބޭއްވި ކުލަބުގެ ޚާއްސަ ޖަލްސާ ގައި ގްރީންވޭވް ގެ ބުލޮގް އިފްތިތާޙް ކުރެވުން..... ސުކޫލްގެ ޕްރިންސިޕަލް އިފްތިތާޙް ކޮށްދެއްވި މި ބްލޮގުގެ ސަބަބުން މިއަދު މިވަނީ މިކުލަބުގެ ހަރަކާތްތަކުގެ މަޢުލޫމާތު ބަލާލުމުގެ ފުރުޞަތު ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކަށް ލިބިފަ......ކުލަބުގެ ހަރަކާތްތައް މި ބްލޮގު މެދުވެރިކޮށް ތިބޭފުޅުންނަށް ބައްލަވާލެވޭނެ.....
ދޭދޭ ގުޅުމަކީ ކޮންމެ ކުލަބަކަށް އަދި ސުކޫލަކަށްވެސް ނުހަނު މުހިންމު ކަމެއް ކަމުގާ އަޅުގަނޑުމެން ދެކެން. އެގޮތުން މި ގުޅުން ބަދަހި ކުރުމުގެ ގޮތުން ގްރީން ވޭވް އިން ވަނީ 2011 ވަނަ އަހަރު ހަރަކާތެއް ހިންގިފަ.... މިގޮތުން 9 ނޮވެމްބަރ 2011 ވަނަ ދުވަހު ވާނީ އއ. އުކުޅަހު ސުކޫލްގެ ތިމާވެށި ކުލަބު އިކޯ ކެއަރ އާއި ގުޅިގެން އުކުޅަހު ސުކޫލަށް ހިޔާދޭ ގަސްގަހާއި ތަފާތު ވައްތަރުގެ މާގަސް ހަދިޔާ ކުރެވިފަ........
ސުކޫލްގެ ކުރިއެރުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެން ވަރަށް މުހިންމު ކަމެއް ދީގެން ކުރަމުން ގެންދާ  ކަމެއް.......  އެގޮތުން ސުކޫލުން ފާހަގަ ކުރާ މުހިންމު ހަރަކާތް ތަކަށް ގޯތިތެރެއާ ބެޑުތައް ޒީނަތްތެރިކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ވަނީ ކުރެވިފަ.... މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ޕީ.ޓީ.އޭ  އިން އިސްނަގައިގެން 14 އޮކްޓޯބަރ 2011 ވަނަ ދުވަހު ބޭއްވުނު ކާބޯތަކެތީގެ މައުރަޒުގާ ގްރީންވޭވްގެ ގަހުގެ ސްޓޯލްއެއް ތައްޔާރު ކުރެވުން...  މި ސްޓޯލް އަށް ލިބުނު ހުރިހާ ފައިސާއެއްވާނީ ޕީ.ޓީ.އޭ ފަންޑަށް ހަދިޔާ ކުރެވިފަ.....

އެނގިވަޑައިގަންނަވާނޭފަދައިން އަޅުގަނޑުމެންގެ މަގުޞަދަކީ ދުޅަހެޔޮ ވެއްޓެއް ގާއިމު ކުރުން... އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތަކީ މިދެންނެވި ފަދަ ވެއްޓެއް ގާއިމު ކުރުމަށް ބޭނުންވާ ހޭލުންތެރި ދަރިންތަކެއް އުފެއްދުން.... އެގޮތުން މި އަހަރުވެސް މި އަމާޒު ހާސިލް ކުރުމަށްޓަކާ ފެހިކުރުމާއި،ސާފުކުރުމާ ހޭލުންތެރިކުރުމުގެ ޕްރޮގުރާމް ތައް ހިންގުމަށް ވަނީ ރޭވިފަ....
އަޅުގަނޑުގެ ވާހަކަ ކޮޅު ނިންމާލުމުގެ ކުރިން 2011 ވަނަ އަހަރު ގުރީންވޭވް ހޯދި ކާމިޔާބީގެ ފަހަތުގާ ވާ އެންމެހާ ފަރާތް ތަކަށް ހައްގު ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގާ ދެކެން.......
ކުލަބެއްގެ އެއްވެސް މަސައްކަތެއް ސުކޫލެއް ގެ މެނޭޖުމެންޓުގެ އެއްބާރުލުމާ ނުލާ ކުރިއަކަށް ނުގެންދެވޭނެ... ގްރީންވޭވްގެ ކާމިޔާބީގެ ފަހަތުގާ ސުކޫލްގެ ޕްރިންސިޕަލްގެ ނަންފުޅު ފާހަގަ ކޮށް އެފަރާތަށް ޝުކުރު ދަންނަވަން.... އަދި ހަމަ އެހެންމެ ކައުންސިލް އިދާރާގެ ރަޢީސް އަދި ވަރަށް ޚާއްސަކޮށް ނައިބުރަޢީސް މައުރޫފުއާދަމް ވެއިތުވެދިޔަ އަހަރު ވެދެއްވި އަގުހުރި އެހީތެރިކަން ފާހަގަ ކޮށް އެފަރާތްތަކަށް ކުލަބުގެ ނަމުގާ ޝުކުރު ދަންނަވަން.....
2011 ވަނަ އަހަރުގެ އެންމެ ބޮޑު މަސައްކަތް އަތިރި މަތި ސާފުކުރުމުގެ ބުރަ މަސައްކަތުގާ އަމަލީ ގޮތުން ބައިވެރިވެދެއްވި އެންމެހާ ޓީޗަރުންނާއި ދަރިވަރުންނަށާއި ބެލެނިވެރިންނަށް،އަދި ކައުންސިލް މެމްބަރު މޫސާ ފާރޫގާއި ޕީޓީއޭގެ ނައިބުރަޢީސް އަބުދުލް ލަތީފު އަލީ އަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން....... އަދި ވަރަށް ޚާއްސަ ކޮށް އެސް.އެމް.ޓީގެ ހުރިހާ މެމްބަރުންގެ ނަން ފާހަގަ ކޮށް ވަކި ވަކިން އެފަރާތް ތަކަށް ޝުކުރު ދަންނަވަން.... ކާބޯތަކެތީގެ މައުރަޒުގާ ތިމާވެށި ކުލަބުގެ ސްޓޯލްއެއް ބައިވެރިކޮށްދިނީތީ އެކަމަށްޓަކާ ޕީ.ޓީ.އޭ ކޯޑިނޭޓަރަށް މިފުރުޞަތުގާ ޝުކުރު ދަންނަވަން..... މީގެ އިތުރުން 2011 ވަނަ އަހަރު ތިމާވެށިކުލަބަށް ވަރަށް ގިނަ ގޮތް ގޮތުން އެހީތެރިވެދީފައިވާތީ އަދި މިއަދުވެސް އެފަތާރުގެ އެހީތެރިކަން ލިބެމުންދާތީ ސެކިއުރިޓީ އޮފިސަރ އާދަމް މޫސާ އަށް ކުލަބުގެ ނަމުގާ އުފަލާއެކީ ޝުކުރު ދަންނަވަން...... ފާއިތުވެ ދިޔަ އަހަރު ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވޭ.. ޚާއްސަކޮށް ގްރޭޑް 3،4 އަދި 5 ގެ ދަރިވަރުން ފާހަގަކޮށް ހުރިހާ ދަރިވަރުންނަށް ޝުކުރު އަދާކުރަން.... އަދިވެސް ތޮއްޑޫ އަކީ ރީތި ދުޅަހެޔޮ ވެއްޓެއް ލިބިގެންވާ ރަށަކަށް ހެދުމަށްޓަކާ އެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހާ ފަރާތް ތަކަށް ޝުކުރުދަންނަވަމުން އަޅުގަނޑުގެ ވާހަކަ ކޮޅު ނިންމާލާނީ މި އަހަރަކީ ހުރިހާ ގޮތަކުން ކާމިޔާބު އަހަރެއް ކަމުގާ ލެއްވުންއެދި ދުޢާ ކުރަމުން.........
ވައްސަލާމު އަލައިކުމް ވަރަހުމަތުﷲ ވަބަރަކާތު      

No comments:

Post a Comment