"އެންމެ ފެހި އެންމެ ރީތި ރަށަކަށް- ތޮއްޑޫ " މިޝިއާރުގެ ދަށުން ތޮއްޑޫގެ އަތިރި މަތި ސާފުކުރުމުގެ ޕްރޮގުރާމެއް ހިންގައިފި. ތޮއްޑޫ ސުކޫލްގެ ތިމާވެށިކުލަބު "ގްރީން ވޭވް" އިން އިސްނަގައިގެން ހަފުތާ ބަންދުގައި ހިންގި މި ޕްރޮގުރާމްގައި ތޮއްޑޫސުކޫލުގެ 190 ށް ވުރެ ގިނަ ދަރިވަރުންނާ ސުކޫލްގެ ޓީޗަރުންނާ ، މުއައްޒަފުން އަދި ރަށުކައުންސިލުން މި މަސައްކަތުގައި ވަރަށް ފޯރިއާއެކު ބައިވެރިވެފައިވޭ. މިމަސައްކަތުގާ 4 ލޮރީގެ ޕްލާސްޓިކު ފުޅިއާ ކޮތަޅު އަދި ދަޅުފަދަ ތިމާވެއްޓަށް ބޮޑެތި ގެއްލުންދެނިވި ތަކެތި ވަނީ ނަގާ ސާފުކުރެވިފަ. މިޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގުރާމެއް ކަމަށާ އަދި މި ޕްރޮގުރާމް ކޮންމެ އަހަރަކު ބޭއްވުމަށް ގްރީންވޭވް އިން ނިންމާފާ ވާނެކަމަށް އެ ކުލަބުން ހާމަކުރޭ. މީގެ އިތުރުން ރަށުތެރެ ފެހި ކުރުމަށް ބޭނުންވާ ގަސް އިންދާ ހެއްދުމުގެ މަސައްކަތް ތަކެއްވެސް ތޮއްޑޫ ސުކޫލްގެ ތިމާވެށި ކުލަބުން ގެންދަނީ ކުރަމުން. ގްރީންވޭވަކީ ތޮއްޑޫ ސުކޫލް ގެ ދަރިވަރުންގެ ހިތްތަކުގާ ތިމާވެއްޓަށް ލޯބި ޖައްސާ ތޮއެްޑޫ އަކީ ތިމާވެއްޓާ ރަށްޓެހި ރީތި ފެހި ރަށަކަށް ހެދުމުގެ މަގުޞަދުގާ އުފައްދާފައިވާ ކުލަބެކެވެ.
މީގެ ދެހަފުތާކުރިންވެސް ތޮއްޑޫގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށް ވާ ސޮސައިޓީ ޓް އެޑްވާންސް އެންޑް ރީ ބިލްޑް ތޮއްޑޫ (ސްޓާރޓް) ޖަމިއްޔާ އިން ރަށުގެ ހުރިހާ މުއްސަސާ އަކާ ގުޅިގެން ވަނީ މުޅި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގާފަ..
No comments:
Post a Comment